މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ސަރުކާރާއި ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން މިރޭ މާފަންނު ސްޓޭޑިއަމްގައި ބޭއްވެވި ޚާއްޞަ ރަސްމިއްުޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މިގޮތުން ޖަމާޢަތުގައި ކުރި އިޝާނަމާދުގައާއި، މިނިވަންކަން ދެމެހެއްޓުމަށާއި، ދީނާއި ޤައުމުގެ ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމާތްކޮށްދެއްވުމަށް ކުރެވުނު ޚާއްޞަ ދުޢާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ބައިވެރިވެވަޑައިގަތެވެ.

މީގެއިތުރަށް، މިރޭގެ މިރަސްމިއްޔާތުގައި 150 ބަކަރި ކަތިލައި ވަނީ ރައްޔިތުންނަށް ސަދަގާތްކޮށްފައެވެ.