ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ރ) އާ ޙަވާލާދީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރެއްވުމުގެ ޒިންމާ އުފުއްލަވާނީ އަދި، "ނޭޝަނަލް ޑްރަގް އެޖެންސީ" އާބެހޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ މިއަދުން ފެށިގެން މިނިސްޓަރ އޮފް ހޯމް އެފެއާޒު ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.