‏2014 ވަނަ އަހަރު ބޭއްވުނު މަތީ ޘާނަވީ އިމްތިޙާނުން ރާއްޖެއިން 1 ވަނަ ހޯދި 23 ދަރިވަރުންނަށް ‏‏ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްވާ ސްކޮލަރޝިޕް ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ‏‏ސްކޮލަރޝިޕް ހަމަޖެއްސެވި ކަމުގެ ލިޔުން، ‏‏އެދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ‏‏ޙަވާލުކޮށްދެއްވާފައިވަނީ ‏މަތީ ޘާނަވީ އިމްތިޙާނުން 2014 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ‏‏‏ދަރިވަރުންނަށް އިނާމާއި ‏‏ހަނދާނީ ލިޔުން ދެއްވުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާއެއްގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ.‏

‏2014 ވަނަ އަހަރު ބޭއްވުނު މަތީ ޘާނަވީ އިމްތިޙާނުން [އެކައުންޓް] މި މާއްދާއިން ‏‏‏މުޅި ދުނިޔެއިން 1 ވަނަ ހޯދި 11 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްވާ މެޑެލާއި، އިނާމާއި، ‏‏‏ހަނދާނީ ލިޔުމާއި، މި އިމްތިޙާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް، މިނިސްޓްރީ ‏‏އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީއާއި ހަނދާނީ ލިޔުން، ރޭގެ ޖަލްސާގައި ދެއްވިއެވެ. އަދި އެޑެކްސެލް ‏‏އިންޓަރނޭޝަނަލް އެޑްވާންސް ލެވެލް އިމްތިޙާނުން 3 އޭ ސްޓަރ އަށްވުރެ އިތުރަށް ހޯދި 5 ‏‏ދަރިވަރުންނަށް އެޑެކްސަލްއިން ދެއްވާ މެޑަލް އަދި ހަނދާނީ ލިޔުމާއި، މަތީ ‏ޘާނަވީ އިމްތިޙާނުތަކުން ‏‏ވަކިވަކި މާއްދާތަކުން ރާއްޖެއިން 1 ވަނަ ޙާޞިލުކުރި 22 ދަރިވަރުންނަށް ގުޅީފަޅު ‏‏ ‏‏އިންވެސްޓްމަންޓުން ދެއްވި އިނާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވި ލިޔުންވެސް ‏‏ޙަވާލުކޮށްދެއްވުން އޮތެވެ. މީގެއިތުރަށް، ދުނިޔޭގެ ފެންވަރުގައި އެކިއެކި މާއްދާތަކުން އެންމެ ރަނގަޅު ‏‏ނަތީޖާހޯދި 4 ދަރިވަރުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީއާއި ހަނދާނީ ލިޔުންވެސް ‏‏ވަނީ މިރަސްމިއްޔާތުގައި ދެއްވާފައެވެ.‏

‏ 2013 ވަނަ އަހަރު މަތީ ‏ޘާނަވީ އިމްތިޙާނުން ‏ރާއްޖެއިން 1 ވަނަ ހޯދި 11 ‏‏ދަރިވަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ވަނީ މިދިޔައަހަރު ދެއްވާފައެވެ. ‏