"މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2015" އާއި "30/18، ވިމެންސް ފުޓްސަލް ފިއެސްޓާ" ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މިރަސްމިއްޔާތު އޮތީ މާފަންނު ފުޓްސަލް ދަނޑުގައެވެ.
މި ރަސްމިއްޔާތުގައި، މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2015 ގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް "މޭން އޮފް ދަ މެޗް"ގެ އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، 30/18، ވިމެންސް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް "ކުއީން އޮފް ދަ މެޗް"ގެ އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.