ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިވަން ފަންސާހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރެއްވި މިޔުޒިކް ޝޯ "މިނިވަން ފަންސާސް، ސަރިންދާ" ފަށްޓަވައިދެއްވައިފިއެވެ. ޝޯ ފަށްޓަވައިދެއްވުމުގެ ގޮތުން، ޤައުމީ ދިދައާއި، މިނިވަން 50 ގެ ދިދައާއެކު ހީލިއަމް އެޅި 50 ފުއްޕާހަން މައްޗަށް ދޫކޮށްލުމަށް ހަރުކޮށްފައިވާ ރިބަންކޮޅު ރައީސުލްޖުމްހޫރިއްޔާ ކަނޑުއްވާލަ ދެއްވިއެވެ.