‏ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އިންޑިޔާ އަދި ސްރީލަންކާއަށް ‏‏މިއަދު ފުރި 10 ކުއްޖަކާއި، އެކުދިންގެ އާއިލާތަކާ ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމް، ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏‏މިކުދިންނާއި ބައްދަލުކޮށްލެއްވީ، މިއަދު ހެނދުނު އިބްރާހިމް ނާސިރު އިންޓަރނޭޝަން ‏‏އެއަރޕޯޓުގައެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ‏‏ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ހަނދާނީ ‏‏ފިލައެއް އެރުވުން އޮތެވެ. މީގެއިތުރަށް މިއަދު ފުރި 10 ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ‏‏އަނބިކަނބަލުންގެ ފަރާތުންވެސް ވަނީ ހަނދާނީ ފިލާ އަރުއްވާފައެވެ.‏