‏ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ‏‏(ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް ހ.ނޫކުރިކީލަ އަލްފާޟިލް ‏‏ޢައްބާސް ޢާދިލް ރިޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ. ‏މި މަޤާމަށް އެމަނިކުފާނު ‏‏ޢައްޔަނު ކުރައްވާފައިވަނީ، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

‏ޢައްބާސް ޢާދިލް ރިޒާއަށް ‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން ‏‏ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

‏ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ‏ޢައްބާސް ޢާދިލް ރިޒާ ޢައްޔަން ‏‏ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ‏އޮނަރަބަލް ‏‏އަލްއުސްތާޛު ‏ޢަބްދުއްރަޢޫފް އިބްރާހީމްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވާ، ‏‏ޢައްބާސް ޢާދިލް ރިޒާ ‏ކުރެއްވިއެވެ. ‏