ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އޮލިމްޕިކް ސޮލިޑަރިޓީގެ ޗެއާމަން ޝެއިޚް އަޙްމަދު އަލް-ފަހަދް އަލް-ޞަބާޙް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އަންގާރަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އޮލިމްޕިކް ސޮލިޑަރިޓީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެޖަމްޢިއްޔާގެ ޗެއާމަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، އޮލިމްޕިކް ސޮލިޑަރިޓީގެ ފަރާތުން މިހާރުވެސް ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް 35 ސްކޮލަޝިޕް ފުރުޞަތު ދީފައިވާނެ ކަމަށާއި، މިއަހަރުގެ ތެރޭގައި އިތުރު 8 ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމުގައި އޮލިމްޕިކް ސޮލިޑަރިޓީގެ ޗެއާމަން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙް ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.