‏ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު މާބަނޑޭރިއާގެ ‏‏އަލްފާޟިލް އަޙްމަދު ޡުހޫރު މިއަދު ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.‏

‏އަލްފާޟިލް އަޙްމަދު ޡުހޫރަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، ‏‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏
‏ ‏
‏އަލްފާޟިލް އަޙްމަދު ޡުހޫރަށް ‏ މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ‏‏ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ‏އޮނަރަބަލް ‏‏އަލްއުސްތާޛު ޢަލީ ސަމީރު ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ‏‏މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.‏