މިއަހަރުގެ ހުގެ ‏‏މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙާފްލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މި ޚާއްޞަ ޙަފްލާ އޮތީ މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބިދޭ ފަދަ އަގުހުރި ޚިދުމަތްކޮށްދީފައިވާ، އަދި ޚިދުމަތް ކުރަމުން އަންނަ އަންހެނުންނަށް ދެވޭ ރެހެންދި އެވޯޑް މިއަހަރު ޙާޞިލްކުރެއްވި ތިން ފަރާތަށް، މިއަދުގެ ޙަފްލާގައި އެވޯޑާއި ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ފަރާތްތަކަށް ގޮފިކޮޅު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމެވެ.