މިނިވަންކަމަށް 50 އަހަރުފުރޭ އަހަރު، ދައުލަތުގެ މުއައްސަސާތަކުން ފާހަގަކުރައްވާ އެކިއެކި ދުވަސްތަކާއި ހިންގަވާ އެކިއެކި ޙަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭ ތާވަލެއް އެކުލަވައިލެއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބޭނުންފުޅުވެއެވެ.

 
ވީމާ، މިނިވަންކަމަށް 50 އަހަރުފުރޭ އަހަރު، ދައުލަތުގެ މުއައްސަސާތަކުން ފާހަގަކުރައްވާ އެކިއެކި ދުވަސްތަކާއި ހިންގަވާ އެކިއެކި ޙަރަކާތްތަކާބެހޭ މަޢުލޫމާތު، 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ފޮނުއްވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.