‏ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ސެމިއުއެލް ‏‏ޕެންޔިން ޔެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏‏މިރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ‏‏ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ގާނާއާ އާ ދެޤައުމުގެ ‏‏ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުންނާއި، ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ‏‏ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ‏‏ފޮރިން އެފެއާޒް ދުންޔާ މައުމޫނާ ބައިވެރިވެވަޑައިގެންނެވިއެވެ. ‏‏އަދި ގާނާގެ ސަފީރުގެ އަރިހުގައި، ‏‏ނިއުދިއްލީގައި ހުންނަ ގާނާ އެމްބަސީގެ ‏‏ބައެއް ‏‏އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏