ދިވެހި އަންހެނުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއަރުވަން މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ، ވިމެންސް އާޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަނުގެ ފަރާތުން ބޭއްވެވި ކޯސްތައް ފުރިހަމަކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް، ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފިއެވެ. ސެޓްފިކެޓް ޙަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ޖެވޭސް ކަފޭގައެވެ.

ވިމެންސް އާޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަނުން ހިންގެވި ކޯސްތައް ޖުމްލަ 58 ފަރާތުން ވަނީ ފުރިހަމަކުރައްވާފައެވެ.