މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ފުރަތަމަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހުކުރުދުވަހުގެ ރޭ ދަރުބާރުގޭގައެވެ.