‏ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު މަތިކުރުމަށާއި، ތަމްރީނު ކުރުމަށް ‏‏ސަރުކާރުން ހިންގުމަށް ރާއްވަވާފައިވާ "‏"ތަހުޒީބު މުޖުތަމަޢަކަށް ޤާބިލް ޓީޗަރުން ބިނާކުރުން" ‏‏ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ‏‏އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، އެކަމަށްޓަކައި އަލިމަސް ކާނިވަލުގައި ‏‏ރޭ ބޭއްވެވި ރަސްމިއްޔާތެއްގައެވެ.‏

‏ މިރަސްމިއްޔާތުގައި، ރާއްޖޭގެ ކިޔަވާ ކުދިންގެ ދުޅަހެޔޮކަމާ ކުރިއެރުވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ‏‏"މުދައްރިސުންކަމުގެ ޝަރަފުގެ އައްޑަނަ' ގެ ނަމުގައި އެކަމަނާއަށް ހަނދާނީ ފިލައެއް އެރުއްވުން ‏‏އޮތެވެ. މިފިލާ އެކަމަނާއާއި ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ‏‏ޝިހާމެވެ.‏