‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ކުރީގެ ރައީސް ‏ޑޮކްޓަރ ‏‏މުޙަންމަދު ވަޙީދާ ‏މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ‏މިއަދު މެންދުރުފަހު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

‏ޤައުމުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނާއި، ޤައުމުގެ ‏‏ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ބެހޭގޮތުން ‏‏މިބައްދަލުކުރެއްވުމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމާއި، ކުރީގެ ރައީސް ‏‏ޑޮކްޓަރ ‏‏މުޙަންމަދު ވަޙީދު މަޝްވަރާކުރެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، ‏ކުރީގެ ރައީސް ‏ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ‏‏ވާހަކަފުޅުގައި، މިސަރުކާރުން ޤައުމުގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ‏‏މައްޗައް އަލިއަޅުއްވައިލައްވައި، އެކަމަށްޓަކައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުއްޤައްޔޫމަށް ތަޢުރީފުކުރެއްވިއެވެ. މީގެއިތުރަށް، ‏ސަރުކާރުން އެދިވަޑައިގަންނެވި ކޮންމެ ‏‏ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.‏