‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ކުރީގެ ރައީސް އަދި ‏‏ޕީ.ޕީ.އެމް.ގެ މިހާރުގެ ރައީސް ‏ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.‏

‏މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ‏‏‏މިބައްދަލުކުރެއްވުމުގައި، ރައީސް ‏ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދަވާ ‏‏ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު ‏‏އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި ޕީ.ޕީ.އެމް. ގެ ރައީސް އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ‏‏ރައްޔިތުންނަށް ފޯރުކޮށްދެއްވަން ‏‏ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕާޓީގެ ފަރާތުން ‏‏ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ‏‏ޔަޤީންކަން ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް‏ ދެއްވިއެވެ.‏