ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްެ "މޯލްޑިވްސް ނެޝަނަލް މޮޓޯ ރޭސިންގ ޕްރެޒިޑެންޓްސް ޗެލެންގް 2015" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިރޭ ހުޅުމާލޭގައި ބޭއްވެވި މިރަސްމިއްޔާތުގައި އެކި ކެޓަރގަރީތަކުން އެއްވަނަ ހޯދި ފަރާތްތަކަށާއި، ރާއްޖެއިން ބޭރުގައި ބޭއްވުނު ރޭސިންގ މުބާރާތްތަކުގައި ރާއްޖެ ތަމްޞީލުކޮށް ރާއްޖެއަށް ރީތިނަން ހޯދާދީފައިވާ ފަރާތްތަކަށް, އެސޯސިއޭޝަނުގެ ފަރާތުން ދެއްވާ އެވޯޑު އެފަރާތްތަކާ ހަަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މުބާރާތުގެ އެކި ކެޓަގަރީތަކުން ދެވަނަ ޙާޞިލުކުރި ފަރާތްތަކަށް އެސޯސިއޭޝަނުގެ ފަރާތުން ދެއްވާއި އެވޯޑު އެފަރާތްތަކާ ހަަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް ޢަހްމަދު ޢަދީބު ޢަބްދުލްޤަފޫރެވެ. އަދި ތިންވަނަ ޙާޞިލުކުރި ފަރާތްތަކަށް ދެއްވާ އެވޯޑު ހަަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލެވެ.