ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، (ތިންދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.