ރާއްޖޭގެ މަޝްހޫރު އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، އެޕްރީލް 14 ވަނަ ދުވަހަކީ "ދިވެހިބަހުގެ ދުވަސް" ކަމަށް ހަމަޖައްސަވައި، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެދުވަސް ފާހަގަކުރެއްވުމަށް ނިންމަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި މިހާރު ފާހަގަކުރާ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރެއްވުމަށް ހަމަޖެއްސެވި ދުވަހެއް ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.