‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ‏އެމަނިކުފާނުގެ އަނބިކަނބަލުން ‏‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމް، ‏މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް މިއަދު ހަވީރު ‏‏ވަޑައިގެންފިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އާ ‏‏ޢިމާރާތް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 8:30 ގައި، އުނގޫފާރުގައި އޮންނަ މި ‏‏ރަސްމިއްޔާތުގައި ‏‏ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ އެވެ.‏ ‏

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުނގޫފާރަށް ވަޑައިގަތުމާއެކު، އެރަށު ‏‏ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.‏