‏އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‏‏އެފެއާޒް ނިޝާ ބިސްވާލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ‏‏އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ.

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ‏‏ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، މިގުޅުން ‏އިތުރު ދާއިރާތަކަށް ‏‏ފުޅާކުރެއްވުމާ‏ާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރަށް ބައިނަލްޢަޤްވާމީ ‏‏މަޝްރަޙުގައި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޓެރަރިޒަމްގެ ‏‏ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ ‏‏މަސައްކަތުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ ‏‏ގޮތްތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ‏އެމްބެސެޑަރ އެޓް ލާޖް އަޙުމަދު މުޙަންމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏‏އަދި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓުގެ އަރިހުގައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ‏‏ބައެއް ‏‏އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.‏