‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހައްދުންމަތީ ބޮޑުމަގުގެ މަޝްރޫޢު މިރޭ ‏‏އިފްތިތާޙްކޮށްދެއްވާނެއެވެ. މިރޭ 20:45 ގައި، ލ.ފޮނަދޫގައި އޮންނަ މިރަސްމިއްޔާތުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.‏

‏މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހައްދުންމައްޗަށް ކުރައްވާ ‏‏ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު ކައްދޫ ވައިގެ ބަނދަރަށް ‏‏ފައިބާވަޑައިގަތުމާއެކު، އެއަރޕޯޓް ސަރަޙައްދުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.‏