މި އޮފީހުގެނަންބަރު 2014/26 (6 ޑިސެންބަރު 2014) ގެ ދެންނެވުމާ ހަވާލާދީ ދަންނަވަމެވެ.

 
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑުގައި، މި ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި މާލެއިން ފެނުގެ ޚިދްމަތް މެދުކެނޑި، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ރައްޔިތުން ކުރިމަތިލާންޖެހިފައިވުމާއެކު، މާލޭގައި ހުރި ސަރުކާރުގެ އޮފީސްތައް، މި ޑިސެންބަރު މަހުގެ 9 ވާ އަންގާރަ ދުވަހާއި، 10 ވާ ބުދަ ދުވަހާއި، އަދި 11 ވާ ބުރާސްފަތި ދުވަހު ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
 
މިގޮތަށް ހަމަޖެއްސެވި ކަމަށްވިޔަސް، މި 3 ދުވަހު ހެނދުނު 10:00ން މެންދުރުފަހު 1:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހުޅުވާފައި ބަހައްޓަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.