މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑުގައި، މި ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި މާލެއިން ފެނުގެ ޚިދްމަތް މެދުކެނޑި، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ރައްޔިތުން ކުރިމަތިލާންޖެހިފައިވުމާއެކު، މި ޑިސެންބަރު މަހުގެ 7 ވާ އާދީއްތަ ދުވަހާއި، ޑިސެންބަރު މަހުގެ 8 ވާ ހޯމަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ބަންދު ދެ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.