‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިންގަޕޫރަށް ‏‏ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ ޢައްޔަން ‏‏ކުރައްވައި، އެކަމަނާއަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، ބުދަ ދުވަހު ‏‏ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

‏‏ފާޠިމަތު ޢިނާޔާ‏، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ‏‏ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ ‏‏މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.‏