‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‎"‎‏ޕްރެޒިޑެންޓްސް ކަޕް 2014"ގެ ފައިނަލް ‏‏މެޗް ‏ޝަރަފުވެރިކޮށްދެއްވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ރަސްމީ ދަނޑުގައި އޮތް މިމެޗްގައި މުބާރާތުގެ ‏‏ޗެމްޕިޔަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދާފައިވަނީ، ކްލަބް އީގަލްސް އާ ބައްދަލުކޮށް 1 ‏‏ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ‏‎.‎

‏މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ރަން މެޑެލާއި ‏‏ތަށްޓާއި، މުބާރާތުގެ ދެވަނަ ހޯދި އީގަލްސް ސްޕޯޓްސް ކުލަބަށް ރިހި މެޑެއްޔާއި، މެޗުގެ ‏‏އޮފިޝަލުންނަށް މެޑެލް ހަވާލުކޮށްދެއްވީ ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ‏