‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ‏‏އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، 18 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ‏‏ދަތުރުފުޅެއްގައި މިއަދު ހެނދުނު ނޭޕާލަށް ވަޑައިގަންނަވައިފިއެވެ.‏

‏ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނޭޕާލްގެ ޓްރިބުވާން އިންޓަރނޭޝަނަލް ‏‏އެއަރޕޯޓަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، ‏ނޭޕާލުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ‏‏ހޯމް އެފެއާޒް މިސްޓަރ ބާމް ދޭވް ގުއަތުމްގެ ދެކަނބަލުންނާއި، ނޭޕާލް ސަރުކާރުގެ އިސް ބައެއް ‏‏ބޭފުޅުންނެވެ. އަދި، މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް ‏‏އަރާވަޑައިގަތުމާއެކު، ދިވެހިރާއްޖެއާއި، ނޭޕާލާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ.‏