18 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރަހީމް، މިރޭ ނޭޕާލަށް ފުރާވަޑައިގެންފިއެވެ. މިއަހަރުގެ ސަމިޓު އޮންނާނީ، މިމަހު 26 އިން 27 އަށް ނޭޕާލްގެ ކަތުމަންޑޫގައެވެ.