ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ދަފްތަރު ނަންބަރު 5831 އަލްފާޟިލް އާދަމް ސަޢީދު މޫސާ ހަމަޖައްސަވައިފިއެވެ.

އަލްފާޟިލް އާދަމް ސަޢީދު މޫސާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖެއްސެވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ހޯމަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.