‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏އޮޑިޓަރ ޖެނެރަލް‏‎ ‎‏ކަމުގެ ‏‏މަޤާމަށް ‏ހެންވޭރު އާހަމަ އަލްފާޟިލް ޙަސަން ޒިޔާތު‏ ޢައްޔަން ކުރައްވައި، ‏‏އެމަނިކުފާނަށް މަގާމުގެ ‏‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ‏

‏‏‏‏އަލްފާޟިލް ޙަސަން ޒިޔާތަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‏‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

‏ފަތްކޮޅު ދެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ‏‏‏ޢަރީފްގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‏‏‏އަލްފާޟިލް ޙަސަން ޒިޔާތު‏‎‎‏ ‏ކުރައްވައި، ‏‏‏ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ. ‏