‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏މޮރިޝަސް ކޮމަރޝަލް ‏‏ބޭންކް (އެމް.ސީ.ބީ) ގެ ޑިރެކްޓަރ މިސްޓަރ ރައުލް ގުފްލެޓާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ‏‏ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ‏‎.‎
‏ ‏
‏މި ބައްދަލުކުރެއްވުމުގައި، އެމް.ސީ.ބީ އިން ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު ‏‏އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ‏މިސްޓަރ ރައުލް ގުފްލެޓް‏ ‏‏މަޝްވަރާ ކުރެއްވިއެވެ. އަދި އިންވެސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ބޭންކު ‏‏މެދުވެރިވެގެން ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން ‏‏ވެސް ވާހަކަފުޅު ދެއްކެވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙުމަދު އަދީބް ‏‏ޢަބްދުއްޤަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.‏