އިލެކްޝަންސް ކޮމިޝަންގައި މިހާރު ހިމެނޭ 2 މެންބަރެއްގެ މަޤާމުގެ މުއްދަތު 24 ނޮވެންބަރު 2014ގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް މެންބަރެއް ޢައްޔަންކުރުމަށްޓަކައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުރާސްފަތި ދުވަހު ހުޅުއްވާލައްވައިފިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، މިފުރުޞަތު
.ހުޅުއްވާލައްވާފައިވަނީ، މި މަހުގެ 26 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 3:00ގެ ނިޔަލަށެވެ.

ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި، ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް، ބުރާސްފަތި ދުވަހު ގެޒެޓް ކުރެއްވި އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.