‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްެ ‏ކުރީގެ ރައީސް އަދި ‏‏ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މިހާރުގެ ރައީސް، ‏އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.‏ މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

‏މިބައްދަލުކުރެެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‏‏ރައީސްކަމާ ހަވާލުވެވަޑައިގެންތާ މިމަހުގެ 17 ވަނަ ދުވަހަށް އެއްއަހަރު ފުރޭތީ، އެކަމަށްޓަކައި ‏‏ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ‏އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ‏‏މަރުޚަބާއާއި ތަޙުނިޔާ ވިދާޅުވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ޕީ.ޕީ.އެމްގެ ބައެއް އިސްވެރިންވެސް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏