ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދު ދެއްވައިފިއެވެ. މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

މިފަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. އެ ދެ ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ޒަކަރިއްޔާ ޅ. ނައިފަރު މީޒާން

2. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙަންމަދު ރަޝީދު (ހިޔަލީ ރަޝީދު) ސ. ހިތަދޫ އަރާއިރު

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު 14 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
ސާޖެންޓް ފަސްޓް ކްލާސް އަލްޤާރީ މުޙައްމަދު އަސްލަމް ދ. ކުޑަހުވަދޫ އަނަސް

2. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
އަލްޤާރީ އަލްޙާފިޡް ޢަބްދުއްރަޝީދު މުޙައްމަދު ށ. ފޭދޫ ވަވަތި

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އަންވަރު އިބްރާހީމް ބ. ތުޅާދޫ މަންޒިލް

4. ދިވެހި ޘަޤާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ޘަޤާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޢަރީފް ރ. ރަސްމާދޫ ނަރުގިސްވިލާ

5. މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އާދަމް ރަޝީދު ގ. އަޑިމަގު

6. ފަތުރުވެރިކަމުގެ ދާއިރާއިން؛ ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އިސްޙާޤު ޞާލިޙު ސ. މަރަދޫ ހުޅަނގުގެ

7. ދަނޑުވެރިކަމުގެ ދާއިރާއިން؛ ވިޔަފާރި އުޞޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމާއި، ދަނޑުވެރިކަމާބެހޭ ދިރާސާ ކުރުމުގެ ރޮނގުން:
އަލްފާޟިލް ޙުސައިން ރަޝީދު މ. ހުދުހުދާގެ

8. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ޙިޝާން ގ. ނީރުވީކް

9. ޒުވާނުންގެ ދާއިރާއިން؛ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން:
އަލްފާޟިލް ޙަސަން ޒިޔާއު ސ. ހިތަދޫ ބޯށިވަލުގެ

10. އަންހެނުންގެ ދާއިރާއިން؛ ކުޅިވަރު ކުޅުމާއި ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ މުއުމިނާ އާދަމް ގ. ހާފްސީ

11. ކުޅިވަރުގެ ދާއިރާއިން؛ ފިޓްނަސް ތެރަޕީގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ފަޔާޟް ޢަލީ ރިޟާ މއ. ކުރިކީލަގެ

12. ކުޅިވަރުގެ ދާއިރާއިން؛ ކަސްރަތު ކުރުމާއި ކަސްރަތު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ ނާހިދާ ޢަލީ ހ. ބޮޑުކޮށީގެ

13. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ލިޔުމާއި، ކުރެހުމާއި، ފަރުމާ ކުރުމުގެ ރޮނގުން:
އަލްފާޟިލް އަފްޟަލް ޝާފިޢު މއ. މޭރީ

14. ޕާރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން:
ކެޕްޓަން އަޙްމަދު ޢާޠިފް މއ. އުޑުވިލާ (މ. ނިވްހިލްމަން)

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.