ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބެއް އަލުން ކަނޑައަޅުއްވައިފި ކަމަށާއި، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިކަންކަމުގައި، މިދެންނެވި ތަރުތީބު ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ތަރުތީބު ކަނޑައެޅުއްވި ގޮތް، މި ދެންނެވުމާ އެކުގައި މިވަނީއެވެ.

 
މި ދެންނެވުން ނުކުތުމުން، 29 އޭޕްރިލް 2013 ގައި ނެރުއްވާފައިވާ މިއޮފީހުގެ ނަންބަރު 18/2013 ދެންނެވުން ބާޠިލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އެކިއެކި ލަޤަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު ކަނޑައެޅުން
 
ތަރުތީބު
މަގާމު
1              
ރައީސުލްޖުމްހޫރިއްޔާ
2              
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން
3              
ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް އަރުވާފައިވާ ބޭފުޅުން (ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން)
4              
ރައީސުލްޖުމްހޫރިއްޔާގެ ނައިބު
5              
ރައްޔިތުންގެ މަޖިލީހުގެ ރައީސް
6              
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
7              
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުން
8              
ވަޒީރުންގެ މަޖިލީހުގެ މެންބަރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން  
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ
އޮޑިޓަރ ޖެނެރަލް
ޕްރޮސިކިއުޓަރ ޖެނެރަލް
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް
ވަޒީރުން ފެންވަރުގެ މަގާމުތައް
9              
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
10          
ދިވެހިރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން
ދިވެހިރާއްޖެއަށް އެކި ޤައުމުތަކުން ހަމަޖައްސަވާފައިވާ ސަފީރުންނާއި އެފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން
 
ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން
- ޗީފް އޮފް ޑިފެންސް ފޯސް
- ކޮމިޝަނަރ އޮފް ޕޮލިސް
- ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން
- މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
 
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅުން
ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން އިސްކަންދަރުގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
ނިޝާން ޢަސްކަރީގެ ޢިއްޒަތް އަރުވާފައިވާ ބޭފުޅުން
11          
ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު
 
ޤާނޫނުއަސާސީގައިވާ މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންނާއި މެންބަރުން
- ސިވިލް ސަރވިސް ކޮމިޝަން
- އެންޓި-ކޮރަޕްޝަން ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން
- ޖުޑީޝަލް ސަރވިސް ކޮމިޝަން
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީންނާއި ޤާޟީން
މިނިސްޓަރުންގެ ނައިބުންނާއި އެފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން
ޕަރމަނަންޓް ސެކްރެޓެރީން
12          
ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިންގެ ލަޤަބު އަރުވާފައިވާ ބޭފުޅުން
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން
13          
ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ އެންމެ އިސްވެރިން
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- މޯލްޑިވްސް މީޑިއާ ކައުންސިލް
- ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ
- ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
- ދިވެހި ބަހުގެ އެކަޑަމީ
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
- ސިޓީ ކައުންސިލް
- އަތޮޅު ކައުންސިލް
- ރަށު ކައުންސިލް
14          
ޤާނޫނުތަކުގެ ދަށުން އުފައްދާ މުއައްސަސާތަކުގެ ނައިބު ރައީސުންނާއި މެންބަރުން
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- މޯލްޑިވްސް މީޑިއާ ކައުންސިލް
- ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ
- ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
- ދިވެހި ބަހުގެ އެކަޑަމީ
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
- ސިޓީ ކައުންސިލް
- އަތޮޅު ކައުންސިލް
- ރަށު ކައުންސިލް
ބޭރު ޤައުމުތަކުގެ ކޮންސިއުލޭޓްތަކަށް ކަނޑައަޅުއްވާފައިވާ ކޮންސަލުން

15          
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއަރމަނުން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން
 
ނޯޓު: * ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ ތެރެއިން، އެ ޖަލްސާއެއް ހޯސްޓްކުރައްވާ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާގެ ކަނާތްޕުޅުފަރާތުގައި އިންނަވާގޮތަށް ހަމަޖެއްސެވުން.
 

* ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި، އަނބިކަނބަލުން/ފިރިކަލުން ބައިވެރިވެވަޑައިގަންނަވާނަމަ، އެ ބޭފުޅެއްގެ އަރިހުގައި އަނބިކަނބަލުން/ފިރިކަލުން އިންނަވާގޮތަށް ހަމަޖެއްސެވުން.