ތިލަދުންމަތި އުތުރުބުރީ ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު މެންދުރުފަހު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ އާ ޙަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގަވާ މަޝްރޫޢެކެވެ.