‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ޔޫރަޕިއަން ޔޫނިއަނަށާއި، ‏‏ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ގަލޮޅު ސަމަންތާ އަލްފާޟިލް އަޙްމަދު ‏‏ޝިޢާން، ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ގަލޮޅު ދެކެނަންފަރުގޭ އަލްފާޟިލް ‏‏މުޙައްމަދު ފައިޞަލް، އަދި‏ ‏ކުވައިތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ‏‏ސަފީރުކަމަށް، މާފަންނު ކްރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ‏

މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި ‏‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ‏