‏މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސް އިންޓިޓިއުޓް ފޮރ ޓްރޭނިންގ ‏‏އެންޑް އެޑިޔުކޭޝަންގެ ފަރާތުން ހިންގި 60 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ‏‏ސިފައިންގެ ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. ‏

‏މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ތަމްރީން ކޯސް ‏‏ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ‏‏ޢަރީފެވެ. މިރަސްމިއްޔާތުގައި ‏މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ‏‏އޮނަރަބަލް ކާނަލް (ރޓ) ‏‏މުޙައްމަދު ނާޡިމާއި، ‏‏ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ‏‏އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.‏