ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް، ޗައިނާގެ ރައީސް ޝީ ޖިންޕިންގާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މަޢުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއަކީ، ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށް ވިދާޅުވެ، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ރާއްޖެއަށް ވެދެއްވާފައިވާ ދީލަތި އެހީފުޅުތަކަށްޓަކައި ޗައިނާ ސަރުކާރަށާއި، ވަކިން ޙާއްސަކޮށް ރައީސް ޝީ ޖިންޕޮންގއަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ވާހަކަފުޅުގައި، ރައީސް މަޢުމޫންގެ ޒަޢާމަތުގައި ދިވެހިރެއްޖާއާއި ޗައިނާއާ ދެމެދު ބޭއްވެވި ގާތް ގުޅުމަށްޓަކާއި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޤަފޫރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް ޢަހުމަދު ފާރިސް މަޢުމޫނާއި، އެމްބެސެޑަރ އެޓް ލާޖް އަލްފާޟިލް ޢަބްދުﷲ ޙަމީދު ބައިވެރިވަޑައިގަތެވެ.