‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޗައިނާ ރައީސްގެ ‏‏އަނބިކަނބަލުން މެޑަމް ޕެންގ ލިއުއާންއާ ބައްދަލުކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ‏‏އިޖްތިމާޢީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ‏‏‏ކުރެއްވިއެވެ. މިގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށްޓަކައި ‏‏ކުރެވޭ މަސައްކަތްތަކާއި، ‏‏އަންހެނުންގެ ތަރައްޤީއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ‏‏ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ.‏ ‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު ‏‏އަލްފާޟިލާ ފާޠިމަތު ޢިނާޔާއާއި މިނިސްޓްރީ އޮފް ހެލްތުގެ ‏‏ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ‏‏ފާޠިމަތު ސާމިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.‏