ޗައިނާގެ ރައީސް، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ރަސްމީ ޕްރޮގްރާމުގައި ހިމެނޭ މުހިންމު ކަންކަން ބޭއްވުމަށް ހަމަޖެހިފައިވަނީ، މާދަމާ 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގަޔާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށްވާތީ، ޖުމްހޫރީ މައިދާނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދު، ގިނަ ވަގުތުތަކަކަށް ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި  އެ އޮފީސް ހިމެނޭ ސަރަޙައްދުގައި ހުރި އެހެން އޮފީސްތަކުން ޚިދުމަތް ހޯދުމަށް އަންނަ ޢާންމު ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ދަތިތައް ކުރިމަތިވާނެތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ވެލާނާގޭ ޢިމާރާތުގައި ހިނގަމުންދާ އޮފީސްތަކާއި، ޣާޒީ ބިލްޑިންގއާއި ހުރަވީ ބިލްޑިންގގައި ހިނގަމުންދާ  އޮފީސްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މާދަމާ، 2014 ސެޕްޓެންބަރު 15 ވާ ހޯމަދުވަހު ހުޅުވިފައި ހުންނާނީ މެންދުރުފަހު 1.15 އިން 3.00 އަށް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.