ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުން، އެމްބެސެޑަރ އެޓް ލާޖް ކަމަށް، އަލްފާޟިލް ޢަހުމަދު މުޙައްމަދު ހޯމަ ދުވަހު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް އެބޭފުޅާ ޢައްޔަނު ކުރެއްވީ މިނިސްޓަރުން ފެންވަރުގައެވެ.

އަލްފާޟިލް އަޙުމަދު މުޙައްމަދު މިހާތަނަށް ހުންނެވީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައެވެ.