ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މިބައްދަލުކުރެެއްވުމުގައި ސެޕްޓެންބަރު މަހު 1 ން 4 އަށް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ސަމޮއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ބެހޭގޮތުން މުޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ޤަައުމީ ބައެެއް ކަންތައްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.