ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް ހ. މާބަނޑޭރީގެއާގެ އަޙްމަދު
ޡުހޫރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.

މިމަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އެބޭފުޅާއަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އެބޭފުޅާއަށް ހުވާލައިދެއްވީ، ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

އަލްފާޟިލް ޢަހުމަދު ޡުހޫރު ވަނީ އޮސްޓްރޭލިއާއިން އެކައުނޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓްގެ ރޮނގުންނާއި، ބިސްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން ކިޔަވާވިދާޅުވެފައެވެ. އަދި ސްވީޑަންގެ ވަރލްޑް މެރިޓައިމް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް ޑިގްރީއެއް ޙާސިލްކުރައްވާއިފާވެއެވެ.