‏ސެޕްޓެންބަރު މަހު 1 ން 4 އަށް ސަމޮއާގައި ބޭއްވުނު ތިންވަނަ އިންޓަނޭޝަނަލް ކޮންފަރެންސް ‏‏އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް، ‏‏ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް އަލްއުސްތާޛު ‏‏މައުމޫން ޢަބްދުލްޤައްޔޫމް، ސަމޮއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ ‏‏ރާއްޖެ ވަޑައިގެންފިއެވެ.

‏ރައީސް މައުމޫން މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، އިބްރާހީމް ‏‏ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ‏‏ދައްކަވަމުން، މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ފާހަގަކުރެއްވިއެވެ. ‏

އެމަނިކުފާނުގެ ވާހަކަފުޅުގައި، ‏ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ‏‏ދިމާވާ މައްސަލަތަކަކީ މިވަގުތު ‏‏މުޅި ދުނިޔެއަށްވެސް ވަރަށް ކަންބޮޑު ވާންޖެހިފައިވާ ‏‏މައްސަލަތަކެއްކަމުގައި ބަޔާންކުރައްވަމުން، މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ‏‏ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެ ‏‏މައްސަލަތަކަށް ޙައްލުހޯދުމަށްޓަކައި ‏‏މުޅި ދުނިޔޭގެ އެއްބާރުލުން ހޯދުމާބެހޭގޮތުންނާއި، ރާއްޖެއާއި، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ‏‏މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމާބެހޭގޮތުން ‏‏މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމުގައި ވިދާޅުވިއެވެ. ‏

މީގެއިތުރަށް، ވޭތުވެދިޔަ ތާނގައި ‏‏ބޭއްވުނު މިފަދަ ޖަލްސާތަކުން ނިންމުނު ‏‏ނިންމުންތަކާ ދޭތެރޭގައި އެކަށީގެންވާ ‏‏ވަރަށް ޢަމަލުކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން، ‏‏މިއަހަރުގެ ބައްދަލުވުމުގެ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ބައިނަލްޢަޤްވާމީ މެކެނިޒަމެއް ‏‏އުފެއްދުމަށް ފާސްކުރެވުނުކަން ފާހަގަކުރެއްވިއެވެ. ‏