‏މިމަހުގެ 3 އިން 7 އަށް އަދާރަން ހުދުރަންފުށި ރިޒޯޓުގައި ކުރިއަށްދިޔަ، "މޯލްޑިވްސް އޯޕަން ‏‏2014" ރާޅާއެޅުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމު ބައިވެރިވެވަޑައިގެންފިއެވެ. ‏މިއަދު ހަވީރު ‏އަދާރަން ހުދުރަންފުށީގައި ބޭއްވެވި ‏‏ނިންމުމުގެ ރަސްމިޔާތުގައި ''މެންސް އޯޕަން" ކެޓަގަރީއިން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.‏ ‏

‏މުބާރާތުގެ "މެންސް ބޮޑީބޯރޑިންގ" ކެޓަގަރީއިން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ‏‏އިނާމު ޙަވާލުކޮށްދެއްވީ ‏މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު ‏‏އަދީބު ޢަބްދުލްޣަފޫރެވެ.‏ އަދި "ވިމެންސް ޝޯޓްބޯރޑިންގ" ކެޓަގަރީއިން ވަނަވަނައަށް އައި ‏‏ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ‏މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ‏‏މަލީޙު ޖަމާލެވެ.‏