‏ހުސްވި އޮގަސްޓް މަހުގެ 28 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ‏‏ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ބައެއް ޤާނޫނުތައް އިޞްލާޙުކުރުމުގެ ބިލު 2014" ‏‏ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ‏‏ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. ‏

ޤާނޫނުތައް އިޞްލާޙުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ‏‏ހިންގުމުގެ ޤާނޫނު (‏ޤާނޫނު ނަންބަރު 2010/7) ‏އާއި އެ ‏‏ޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޟުވާ ޤާނޫނުތައް ‏‏އިޞްލާޙުކުރުމުގެ ޤާނޫނެވެ. ‏