‏ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، ސިފައިންގެ ‏‏އަހަރީ ޝޯ ކަމަށްވާ "ސިފަ އުފާ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް ‏‏ބައްލަވާލައްވައިފިއެވެ. ‏

ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‏‏އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގަތެވެ. ‏