‏"އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މެނެޖްމަންޓް ‏‏ބޯޑު"‏‎ ‎‏އުވާލައްވައި، ‏އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ‏‏ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި، "އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު" ގެ ‏‏ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ މިއަދު އެކުލަވާލައްވައިފިއެވެ. މިބޯޑުގައި ‏‏ހިމަނުއްވާފައިވަނީ މިދަންނަވާ ބޭފުޅުންނެވެ. ‏

‏1.‏ ‏ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފް / މ.ނޭހާ‏ ‏(ޗެއަރމަން)‏
‏2.‏ ‏ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަހީރު / މ.އ. އަޅިވިލާގެ‏
‏3.‏ ‏ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް / ވ.އަކީލާ‏
‏4.‏ ‏އަލްފާޟިލް ޔޫސުފް ރިޟާ / ހ.މީރުބަހުރުގެ‏
‏5.‏ ‏އަލްފާޟިލާ ޢާއިޝަތު ސާދު / މ.ކުއާތްރޯ‏

‏"އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު" ‏އުފެއްދެވުމާއެކު، ‏‏ރައީސުލްޖުމްހޫރިއްޔާ ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް.) އަކީ، އެ ބޯޑުގެ ދަށުން ‏‏ހިނގާ، އަދި އެ ބޯޑަށް ޖަވާބުދާރީވާންޖެހޭ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. އަދި، އައި.ޖީ.އެމް.އެޗް. ‏‏މެދުވެރިކުރައްވައި ރައްޔިތުންނަށް ފޯރުވައިދެއްވަންޖެހޭ ޞިއްޙީ ޚިދުމަތްތަކާއި، މިކަމާގުޅޭ ސަރުކާރުގެ ޞިއްޙީ ‏‏ސިޔާސަތުތައް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތަށް ތަންފީޒުކުރައްވާނީ މިދެންނެވި ‏‏ބޯޑުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.‏